Friday, November 13
އައްޑުއަށް 1 މެގަވޮޓްގެ ޖެންސެޓް ގެނެގޮސްފި
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ފޮނުވި އެއް މެގަވޮޓްގެ ޖަނަރޭޓަރު އައްޑޫ އަށް ގެންދެވިއްޖެއެވެ. ފެނަކައިން ފޮނުވި މި ޖަނަރޭޓަރު އައްޑޫ ސިޓީ އަށް ގެންދެވުނީ ރޭގެ ވަގުތެއްގަ އެވެ. މި ޖަނަރޭޓަރު އިންސްޓޯލްކޮށް ހިދުމަތް ދޭން ފަށަން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އިތުރު 1.8 މެގަވޮޓްގެ ޖެނަރޭޓަރު ސެޓެއް އައްޑޫއަަށް ގެންދިއުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކައިން ބުނެއެވެ. އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫން ކަރަންޓް ކެނޑޭ މައްސަލަ މި ރޯދަ އަށް ހައްލު ކުރަން 1.8 މެގަވޮޓްގެ ޖެނެރޭޓަރެއް ގެނެސް ބޭނުން ކުރަން ފެށި ނަމަވެސް މައްސަލަ އަދި ހައްލެއް ނުވެ އެވެ. އައްޑޫ އަށް ކަރަންޓްގެ މައްސަލަ ދިމާވެފައިވަނީ އިންޖީނުގެތައް މަރާމާތުނުކޮށް ހުރުމުގެ ސަބަބުން ކަމަށް ފެނަކައިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު