Saturday, October 31
ނުވަ ރަށެއްގައި ޞިއްހީ ހިދުމަތްދޭ އިމާރާތް ހެދުމަށް ސޮއިކޮށްފި

ނުވަ ރަށެއްގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތުގެ މަސައްކަތް ކުރުމުގެ އެއްބްސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ޚައްޞަ ރަސްމިއްޔާތެއްގައެވެ.

މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ސަރުކާރު ހިއްސާވާ ތިން ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ،  ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާ އެވެ.

އެމްޓީސީސީ އާއި އެކު ސޮއިކުރުން: ފޮޓޯ- ހެލްތު މިނިސްްޓްރީ

އެމްޓީސީސީ އާއި ޙަވާލުކުރެވުނު މަސައްކަތް

  • ނ. ފޮއްދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 26,878,072.40ރ

  • ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 27,219,325.40ރ

  • ވ. ފެލިދޫ ހޮސްޕިޓަލް  ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 105,360,655.93ރ

  • ތ. ވިލުފުށި ހޮސްޕިޓަލް  ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 105,132,701.20ރ

މި ރަށްރަށުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރ ދެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަހްމަދު ސަޢުދީ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް އަބުުދުﷲ އެވެ.

އާރުޑީސީ އާއި އެކު ސޮއިކުރުން: ފޮޓޯ- ހެލްތު މިނިސްްޓްރީ

 ރޯޑް ޑިވެލޮމްޕަންޓް ކޯޕަރޭޝަން

  • ކ. ގާފަރު ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 26,819,434.82ރ

  • ހދ. ކުޅުދުއްފުށީ ސިޓީގައި ޢިމާރާތް ކުރާ ދަމަނަވެށި

ޕްރޮޖެކްޓުގެ އަގު: 23,113,061.08ރ

  • ހދ. ހަނިމާދޫ ހޮސްޕިޓަލް  ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 104,834,778.55ރ

  • އދ. މާމިގިލީ ހޮސްޕިޓަލް  ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 105,004,634.47ރ

މި ރަށްރަށުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އާރޑީސީގެ މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހެއިރު އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފް އެވެ.

ފެނަކަ ކޯޕަރޭޝަނާއި އެކު ސޮއިކުރުން: ފޮޓޯ- ހެލްތު މިނިސްްޓްރީ

ފެނަކަ ކޯޕަރޭޝަން

  • ހދ. މަކުނުދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 103,595,304.83ރ

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުހައްމަދު ނަޖާޙް އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ޤާސިމް އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޠިމް އިބްރާހީމް ބައިވެރިވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އިތުރު ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ. އަދި ރައީސްގެ ވައުދާއި އެއްގޮތަށް ޞިއްޙީ ދާއިރާގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ހުރިހާ ކުންފުނިތަކުގެ ވެރިންވެސް ވަނީ މަސައްކަތް ކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިމޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު