Monday, November 2
މަހުރަޖާނުލް ޤުރުއާނިލްކަރީމް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި "މަހުރަޖާނުލް ޤުރުއާނިލްކަރީމް 1446" ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ޔުނިވަރސިޓީގެ ތިން ދަރިވަރަކާއި މިޞްރުގެ ޤާރީއެއްގެ ޤުރުއާން ކިޔެވުން ހުށަހަޅައިދެވުނެވެ. އަދި ކިޔެވުނު އާޔަތްތަކާ ގުޅޭގޮތުން ޔުނިވަރސިޓީގެ އިސް ބޭފުޅުން، އޭގެ ތެރޭގައި ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ޒާހިރު އާއި އެހެނިހެން އިލްމުވެރިން ވާހަކަފުޅު ދެއްކެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޑެޕިއުޓީ ވައިސް ޗާންސެލަރ އޮފް އެކަޑެމިކް އެފެއަރޒް ޑރ. އައިޝަތު ވަޙީދާ ވިދާޅުވި ގޮތުގައި، "މިއީ ޤުރުއާނުގެ ޢިލްމީ ހަފްލާއެއް. ޢިލްމީ ބޭފުޅުންގެ ޢިލްމީ ހަޒާނާއިން މުހިންމު ގިނަ މަޢުލޫމާތާ ފިލާވަޅު ލިބިގެންދޭ."

މަހުރަޖާނުލް ޤުރުއާނިލްކަރީމް އަކީ 2006 ވަނަ އަހަރުން ފެށިގެން ކޮންމެ ރަމަޟާން މަހެއްގައި ބާއްވަމުން އަންނަ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރީތި ރާގުތަކަށް ކީރިތި ޤުރުއާން ކިޔަވައި، ޤުރުއާނުގެ ޢިލްމު އާންމުންގެ މެދުގައި ފެތުރުމެވެ.

ރަސްމިއްޔާތު ނިންމަވައިލެއްވުމުގެ ކުރިން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ވަނީ މި އަހަރުގެ މަހުރަޖާނުގެ ހުށަހެޅުންތެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު