Monday, November 2
ރައީސްގެ ދެކަނބަލުން ބޭރު ޑިޕްލޮމެޓުންނަށް ރޯދަވީއްލުމެއް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ އުގެ އިސްބޭފުޅުންނަށް މިއަދު ރޯދަވީއްލުމެއް ދެއްވައިފިއެވެ.

މުލީއާގޭގައި ބޭއްވުނު މި ރޯދަވީއްލުމުގައި، ވަޑައިގެންނެވި ޢިއްޒަތްތެރިން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އިޙްތިރާމް އަދާކުރައްވާފައެވެ. މިއީ މި ރަމަޟާންމަހު ރަސްމީ ހައިސިއްޔަތަކުން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ ފަރާތުން ދެވުނު ފުރަތަމަ ރޯދަވީއްލުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދު ހިމެނިވަޑައިގަތެވެ. އަދި މީގެ އިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ ޢަބްދުﷲ ޚަލީލާއި ސަރުކާރުގެ އެހެނިހެން އިހެން އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު