ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، މޮރިޝަސްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު އޮނަރަބަލް ދަނަންޖޭ ރާމްފުލްއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖުގައި، މޮރިޝަސްގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާއާއި ހެޔޮ އެދުންތައް އެ ޤައުމުގެ ޚާރިޖީ ވަޒީރު އޮނަރަބަލް ދަނަންޖޭ ރާމްފުލްއަށާއި، މޮރިޝަސްގެ ސަރުކާރަށާއި ރައްޔިތުންނަށް އަރިސްކުރައްވާފައިވެއެވެ.
މީގެ އިތުރުން ވަޒީރު ޑރ. ޚަލީލް ވަނީ މޮރިޝަސްގެ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ޞިއްޙަތާއި މޮރިޝަސްގެ ރައްޔިތުންނަށް އުފާފާގަތިކަމަށް އެދިވަޑައިގެންފައެވެ.
"އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."، ވަޒީރުގެ މެސެޖުގައި ވެއެވެ.
މޮރިޝަސްގެ މިނިވަން ދުވަހަކީ 12 މާރިޗު 1968 އެވެ.
މި ލިޔުން ކިޔާލުމުން