Friday, November 13
ސިޓީ ކައުންސިލުން ގެނައި ފެން ޕަންޕް ސިފައިންނާއި ހަވާލުކޮށްފި

މާލެއަށް ބޯކޮށް ވާރޭވެހުމުން، ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކުން ރައްޔިތުން ސަލާމަށް ކުރުމަށް ޓަކައި، މާލޭ ސިޓީ ކައުންސިލުން ގެނެސްފައިވާ ދެ ފެން ޕަންޕް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގެ ފަޔާ އެންޑް ރެސްކިޔުއާ މިއަދު ހަވާލު ކޮށްފިއެވެ.

މާލޭ ސިޓީ ގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ  ގްލޯބަލް 2 ޕަމްޕު، އޮޕަރޭޓްކޮށް، މެއިންޓެއިންސްގެ ކަންކަން ބެލެހެޓުމަށް، އެމް.އެން.ޑީ.އެފްގެ ފަޔާ އެންޑް ރެސްކިޔުއާ މިއަދު ސިޓީ ކައުންސިލްގެ ފަރާތުން ހަވާލު ކޮށްފައިވާކަމަށެވެ.

އާޒިމް ވަނީ މާލޭގައި ފެންބޮޑުވާ ކޮންމެ ފަހަރަކު، އެ ކަމުން ރައްޔިތުން ސަލާމަތް ކުރުމަށް ޓަކައި، އެމް.އެން.ޑީ.އެފުން ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

ސިޓީ ކައުންސިލުން ބުނީ އެ ދެ ޕަންޕުން މިނިޓަކު އެގާރާ ހާސ ލީޓަރުގެ ފެން ހިންދޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު