Friday, November 13
ޖަލުތަކުގައި 996 ގައިދީން އެބަތިބި: ސީޕީ ޒަރީރު
ޖަލުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ކުޑަ ކަމެއް ނޫންކަމަށާއި ގައިދިންގެ ގޮތުގައި މިހާރުވެސް ޖަލުތަކުގައި 996 މީހުން އެބަތިބި ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ސީޕީ ޒަރީރު މިހެން ވިދާޅުވީ ކަރެކްޝަންސްގެ 30ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ކޯހުގެ ދަސްވެނިވި ދަރިވަރުންނާ މުޚާތަބުކުރައްވާ ސީޕީ ވަނީ ރިޝްވަތާއި ޖަލުގެ ގޮޅިތަކަށް ވެއްދުން މަނާ ތަކެތި ވެއްދުމުގައި އެއްވެސް ފުރުސަތެއް ނުދިނުމަށް އެދިފައެވެ.އެއީ ދަރިވަރުންގެ ކޮނޑުގައި އެޅިފަ އޮތް ޒިންމާތަކާއި ވާޖިބެއްކަން ވަނީ ފާހަގަކުރައްވާފައެވެ. ނަތީޖާ ނެރެވޭނީ ތެދުވެރިކަމާއި، އިޚްލާސްތެރިކަމާ އެކީގައި މަސައްކަތްކޮށްގެން ކަމަށް ސީޕީ ވިދާޅުވިއެވެ. ރާއްޖޭގެ ޖަލުތަކުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓުމުގެ ޒިންމާ އަދާކުރަން މާދަމާއިން އުފަލަން ޖެހެނީ ޤައުމީ ވާޖިބެއްކަން ދެކިގެން ކަން ވެސް ސީޕީ ފާހަގަކުރެއްވިއެވެ. ޖަލުތަކުގަ މަސައްކަތް ކުރާ 700އަށް ވުރެ އޮފިސަރުންނަކީ 24 ގަޑިއިރުގަ މަސައްކަތުގެ މައިދާނުގައި ތިއްބެވި ޤައުމީ ބަތަލުން ކަމަށާއި އެއިން އެއްވެސް އޮފސަރަކީ ދިމާވާ އެއްވެސް ކަމެއްގައި ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް) އިން "ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ" ޕްރޮގްރާމްގެ 12ވަނަ ބެޗް މާފުށީ ޖަލުގައި ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ. މިއީ ކޮންމެ ޕްރިޒަން އޮފިސަރެއްވެސް ފުރިހަމަ ކުރުން ލާޒިމް ކޯހެކެވެ. މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު