Friday, November 13
އެސްޓީއޯގެ ބޯޑަށް ފަޒީނާ އައްޔަންކޮށްފި
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަންކޮށްފިއެވެ. ބޯޑަށް އައްޔަންކުރަނީ ގދ. ގައްދޫ، ބިލަތްމާގެ، އައިޝަތު ފަޒީނާ އެވެ. މިކަމާ ގުޅިގެން މިއަދު އެސްޓީއޯއިން ބުނީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، (ޕީސީބީ) ން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މިއަދު ބަދަލުގެންނަވާފައި ވާކަމަށެވެ. ފަޒީނާ ވަނި މީގެ ކުރިން ވެސް އެ އެސްޓީއޯ އަދި އެމްޓީޑީސީގައި ވެސް ބޯޑު ޑިރެކްޓަރުކަން އޭނާ އަދާކޮށްފައެވެ. ފަޒީނާ އާއި އެކު ޖުމުލަ ހަތް މެމްބަރުން އެ ބޯޑްގައި ތިއްބަވައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު