Saturday, October 31
ހުޅުމާލޭގައި ކުޑަކުދިންތަކެއް މާރާމާރީއެއް ހިންގައިފި

ހުޅުމާލޭގައި ކުޑަކުދިން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައިފި އެވެ.

ފުލުހުން މީޑީއާއަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ ފޭސް 2 ގައި މިރޭ 10:00 ހާއިރު 18 އަހަރުން ދަށުގެ ކުޑަކުދިންތަކެއް ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

މި މާރާމާރީގައި އެތަނުން އެއް ކުއްޖަކަށް ޒަޚަމްވެފައިވާކަމަށް ފުލުހުން ވަނ ބުނެފައެވެ. އަދި މި މައްސަލައާ ގުޅިގެން ދެ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި، އިތުރު ހަތަރު ކުދިން ހިފަހައްޓާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު