ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އެންމެ ބޮޑު ގެއްލުމެއް މިހާތަނަށް ދީފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ސަރުކާރުތަކުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލް ޤާދިރު ވިދާޅުވެއްްޖެއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު މުފީދު ވިދާޅުވީ، ދިވެހިރާއްޖޭގެ އާމްދަނީ ލިބޭ މައިގަނޑު އަސާސަކީ ފަތުރުވެރިކަމުގެ ސިނާޢަތް ކަމަށާއި، މި ސިނާޢަތަށް އެންމެ ބޮޑު ގެއްލުމެއް ދީފައިވަނީ އެމްޑީޕީގެ ސަރުކާރުތަކުން ކަމަށެވެ.
"ޓުއަރިޒަމް ބޮއިކޮޓުކުރުމާއި، ދިވެހިރާއްޖެއަށް ފަތުރުވެރިން ނާންނަން ގޮވައިލުމާއި، ރައްޔިތުންނަށް ހިތްވަރުދީ މިކަމަށް ހުރަސްއެޅޭ ގޮތަށް ހުރިހާ ވާހަކަތަކެއް ތަރުތީބުކޮށް ދައްކާފައިވަނީ ހަމަގައިމު ވެސް އެމްޑީޕީ ސަރުކާރުން،" މެންބަރު މުފީދު ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރު މުފީދު ވަނީ، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ މުހިންމުކަމާ ބެހޭގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ. މި ބިލަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ނުވަތަ ސިޓީތަކުގައި ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރާ ބިންތައް އެ ރަށަކުން ނުވަތަ ސިޓީ ކައުންސިލަކުން ކަނޑައެޅުމާ ގުޅޭ ބިލެކެވެ.
މެންބަރު މުފީދު ވިދާޅުވީ މި ބިލަކީ މިހާރު އޮތް އިންފްރާސްޓްރަކްޗަރ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީން، ބައެއް ސަބަބުތަކާ ހުރެ، މުހިންމުކަން ބޮޑުވެގެންދާ އިޞްލާޙެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
މި ބިލު ފާސްވެއްޖެނަމަ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.
މި ލިޔުން ކިޔާލުމުން