Monday, November 2
މީހަކަށް ބިރުދައްކައި ގެއަކަށް ގެއްލުން ދިން މީހުންގެ ބަންދަށް އިތުރު 15 ދުވަސް

މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރު ދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ 4 މީހުންގެ ބަންދު މުއްދަތު 15 ދުވަހަށް އިތުރުކޮށްފިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މާރިޗު 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ

  1. ރީތިހިޔާ، އއ. މާޅޮސް، މުހައްމަދު އަފްލާހް (23އ)،
  2. އެލަސް، ނ. ވެލިދޫ، އިބްރާހިމް އަހްނަފް (21އ)،
  3. ހަވޭލީ، ނ. މަނަދޫ، މުހައްމަދު އަޒަން (23އ)،
  4. ފަޒާ، ތ. ގުރައިދޫ، އަލީ ނަވާފު (21އ).

މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، މި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުށަހެޅުމުން، ކޯޓުން ނިންމީ އިތުރު 15 ދުވަހަށް އެމީހުން ބަންދުގައި ބެހެއްޓުމަށެވެ.

ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި 4 މީހުންނަކީވެސް ކުރިން ހައްޔަރުކުރެވިފައިވާ ރެކޯޑު އޮތް ފަރާތްތަކެކެވެ. ކޯޓުގައި މިމީހުން ބުނެފައިވަނީ އެމީހުން އެ ގެއަށް ގޮސްފައިވަނީ ރައްޓެހި މީހަކު ކުއްޔަށް ހިފާފައިވާ ތަނެއް ސާފުކުރުމަށް ކަމަށާއި، އެއްވެސް މީހަކަށް ގެއްލުމެއް ދީފައި ނުވާނެ ކަމަށެވެ.

އެހެންނަމަވެސް، މައްސަލަ ތަޙުޤީޤުކުރާ ފުލުހުންގެ އޮފިސަރު ފާހަގަކުރި ގޮތުގައި، އެ ތަނަކީ އެ 4 މީހުން ބުނާ ފަރާތުން ކުއްޔަށް ހިފާފައިވާ ތަނެއްކަން ސާބިތުކޮށްދޭ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައެއް ނުވެއެވެ.

މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވަނީ، އެ ގެ ކުއްޔަށް ދިނުމަށް ސޮއިކުރި އެއްބަސްވުމުގައި ސޮއިކުރުވީ ގަދަކަމުން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު