Monday, November 2
މާލޭ މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވާން ފަށައިފި

މާލެއަށް މިއަދު ހަވީރުން ފެށިގެން ބޯކޮށް ވެހުނު ވާރެއާ ގުޅިގެން މާލޭގެ 3 ސަރަޙައްދެއްގައި ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން މިވަގުތު ހަރަކާތްތެރިވަމުންދާ ކަމަށް ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން މަޢުލޫމާތު ދީފިއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މިވަގުތު ފެން ހިންދުމުގެ މަސައްކަތް ކުރަމުންދަނީ ވެސްޓްޕާކު ސަރަޙައްދު، އައިޖީއެމްއެޗް ސަރަޙައްދު އަދި މާފަންނު ފެރީ ޓަރމިނަލް ސަރަޙައްދުގައެވެ. މި މަސައްކަތުގައި 6 ޕަންޕު ބޭނުންކުރަމުންދާ ކަމަށް އެމްއެންޑީއެފުން ފާހަގަކުރިއެވެ. މި ސަރަޙައްދުތަކަކީ ބޯކޮށް ވާރޭވެހޭ ދުވަސްވަރު އެންމެ ބޮޑަށް ފެންބޮޑުވާ ސަރަޙައްދުތަކެވެ.

ފެން ހިންދުމުގެ މަސައްކަތުގެ އިތުރުން، އާންމުންގެ މުދަލާއި ގޯތިގެދޮރު ރައްކާތެރިކުރުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައިވެސް ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ވިއްސާރައަކީ ރާއްޖޭގެ އިރުމަތީ ސަރަޙައްދުގައި އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އަދި އަންނަ ބުރާސްފަތި ދުވަހާ ހަމައަށް މޫސުން ގޯސްކޮށް ހުންނާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

މެޓުން އިތުރަށް ބުނި ގޮތުގައި، މިރެއާއި މާދަމާވެސް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވިއްސާރަކުރާނެއެވެ.

"ވަކިން ޚާއްޞަކޮށް މެދުތެރެއާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރާނެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ،" މެޓުން ބުންޏެވެ. މީގެ އިތުރުން ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު