Monday, November 2
ސްކޫލް އެކްޓިވިޓީ ކަލަންޑަރ އެކުލަވާލާފައިވަނީ ގިނަބައެއްގެ މަޝްވަރާއާއި އެކު: އެޑިޔުކޭޝަން

ދިރާސީ އަހަރުގެ ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުމަށް ގިނަ ފަރާތްތަކެއްގެ ޚިޔާލު ހޯދުމުގެ މަޤްޞަދުގައި މުޅިން އަލަށް މަޝްވަރާ ފޯރަމެއް ބާއްވަފިއެވެ.

މި ފޯރަމް ބާއްވާފައިވަނީ ސްކޫލް ޗުއްޓީ ވުމުގެ ކުރިން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ފޯރަމްގެ މައިގަނޑު މަޤްޞަދަކީ، ދެމެހެއްޓެނިވި އުސޫލަކުން މުދައްރިސުންނާއި، ބެލެނިވެރިންނާއި، ޚާއްޞަކޮށް ދަރިވަރުންނަށް ބުރަ ބޮޑުނުވާނެ ގޮތަށް ސްކޫލު އެކްޓިވިޓީ ކަލަންޑަރު އެކުލަވާލުން ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ފޯރަމްގައި ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިތުރުން އިސްލާމިކް މިނިސްޓްރީއާއި ސިޓީސް މިނިސްޓްރީ، ދިވެހި ބަހުގެ އެކެޑަމީއާއި ޤުރުއާނާ ބެހޭ މަރުކަޒު އަދި ކެޑޭޓްކޯއާއި ސްކައުޓް އެސޯސިއޭޝަންގެ އިތުރުން ގާލްގައިޑް އެސޯސިއޭޝަނުން ވެސް ބައިވެރިވެއެވެ.

ޕޭރަންޓް ކޮމިއުނިޓީ ޕާރޓިސިޕޭޓްވާއިރުގައި އެ ޕާޓިސިޕޭޝަންއަކީވެސް އެބޭފުޅުންނަށް ވޭނަކަށް ނޯންނަ މިންވަރަކަށް މިކަން ވާންޖެހޭނެކަމަށް އެޑިޔުކޭޝަނުން ދެކެއެވެ.

މީގެއިތުރުން، ސްކޫލްތަކުން އިތުރު ހަރަކާތްތައް ހިންގާއިރު ދަރިވަރުންގެ ކިޔެވުމަށް ހުރަސް ނޭޅޭނެ ގޮތަކަށް ކަންކަން އިންތިޒާމްކުރުމަށް މިނިސްޓްރީން ވަނީ އެދިވަޑައިގަންނަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު