Friday, November 13
ހުުޅުމާލެ ހޮސްޕިޓަލުގެ އީއާރު ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓަރ ބައްލަވާލައްވައިފި
ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް (އީއާރް) ބޮޑުކޮށް،  ތަރައްޤީކުރުމަށް ފަށާފައިވާ ޕްރޮޖެކްޓްގެ މަސައްކަތް މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް މިއަދުު ބައްލަވާލައްވައިފިއެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ހިނގަމުންދާގޮތް މިނިސްޓަރ ބައްލަވާލައްވާފައިވަނީ މިއަދު އެ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލްގައި މިހާރު ހުރި 7 އެނދުގެ އިމަރޖެންސީ ރޫމް ޒަމާނީ ވަސީލަތްތަކާއެކު 14 އެނދަށް ބަދަލުކޮށް، ކްރިޓިކަލް ޙާލަތްތަކުގައި ފަރުވާ ދިނުމަށް ޚާއްސަ ކުރެވޭ ތަނަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން މިޒިޔާރަތުގައި މިނިސްޓަރ ވަނީ އެހޮސްޕިޓަލުން މިހާރު ދެމުންގެންދާ ޚިދުމަތް ފުޅާކޮށް، ޚިދުމަތް ދިނުމުގައި ދިމާވަމުންދާ ދަތިތައް ޙައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިއު ކުޑަކުރުމާއެކު ، ރައްޔިތުންނަށް ފަސޭހަކަމާއިއެކު ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މިނިސްޓަރ ނާޒިމް މިދިޔަ ހަފްތާގައި ވަނީ އައިޖީއެމްއެޗްގެ އިސްވެރިންނާއި ވެސް ބައްދަލުކުރައްވާ އެތަނުގައި ކުރިއަށްދާ މަސައްކަތް ޚިދުމަތް ދިނުމުގައި ހަރުދަނާކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު