Saturday, November 14
ސަރުކާރުގެ ޚަރަދުގައި ހައްޖަށް ގެންދާ 50 ފަގީރުން އިއުލާންކޮށްފި

ސަރުކާރުގެ ޚަރަދުގައި 1446 ވަނަ އަހަރު ހައްޖަށް ގެންދާނެ ފަރާތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން މިއަދު އިއުލާންކޮށްފިއެވެ.

އިސްލާމިކް މިނިސްޓޤްރީން މިއަދު ހައްޖަށް ގެންދާނެ ފަރާތްތަށް އިއުލާންކުރީ ގުރުއަތު ނަގައިގެންނެވެ.

ގުރުއަތުން މިއަހަރު ހައްޖަށް ފޮނުވުމަށް 50 މީހުން ވަނީ ނަގާފައެވެ. އިސްލާމިކް މިނިސްޓްރީން ހައްޖަށް ގެންދާނެ މީހުން ގުރުއަތުލަނީ ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކެވެ.   ފަންސާސް މީހުން ގުރުއަތުން ނަގާފައިވާއިރު، މީހުންގެ ތެރެއިން އެއްވެސް ހާލަތެއް މެދުވެރިވެގެން ހައްޖަށް ނުދެވޭނަމަ، ގެންދާނެ މީހުން ކަނޑައެޅުމަށް ވެސް ވަނީ 10 މީހުންގެ ނަން ގުރުއަތުން ނަގާ އިއުލާންކޮށްފައެވެ.

ގުރުއަތު ނަގާފައިވަނީ ފަގީރުންގެ ގޮތުގައި ލިސްޓްކޮށްފައިވާ 302 މީހުންގެ ތެރެއިންނެވެ.

މިދިޔަ އަހަރުވެސް 50 ފަގީރުން ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވުނެވެ.

ރިޔާސީ 5 އަހަރުގެ ދައުރުގެ ތެރޭގައި 1000 ފަގީރުންނަށް ހިލޭ ޙައްޖަށް ދެވޭނެގޮތް ހަމަޖެއްސެވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ސައޫދީ އަރަބިޔާއިން މިހަރު ރާއްޖެއަށް ދީފައިވަނީ 1000 ކޯޓާއެވެ. އޭގެ ތެރެއިން 50 ކޯޓާ އަބަދުވެސް އިސްލާމިކް މިނިސްޓްރީ އަށް އޮންނަނީ ރިޒާވްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު