Friday, November 13
އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މެންދުރުފަހު މޫސުން ގޯސްވާނެކަމަށް ލަފާކޮށްފި

އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މިއަދު މެންދުރު ފަހުން ފެށިގެން މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އެދެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރައިން ވަނީހއ ިން ފެށިގެން ޅ އަތޮޅަށް ބޯކޮށްވާރޭވެހި ގުގުރާނެ ކަމަށް ލާފާކޮށްފައެވެ. އެއީ މިއަދު 11:30 އިން ފެށިގެން ހަވީރު 05:30 އަށެވެ.  މޫސުމާއި ބެހޭ އިދާރާއިން މި ވަގުތަށް ވަނީ ހުދު ސަމާލު ނެރެފައެވެ.

މޫސުމާއި ބެހޭ އިދާރާއިން ލަފާކުރަނީ މި ސަރަހައްދަށް މިރޭވެސް ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.

މިހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނޭކަމަށް ބުނެފައެވެ.  ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު