Tuesday, November 10
އަވަހަށް ހަލާކުވާ މުދާ: ދިހަ ދުވަސްތެރޭ 1400 ވުރެ ގިނަ ކޮންޓެއިނަރ

މި ރަމަޟާން މަހަށް ހާއްޞަކޮށްގެން ގެނައި މުދާ ކްލިއަރ ކުރުމަށް 1400 އަށް ވުރެ ގިނަ ކޮންޓެއިނަރ ގެ މުދާ މޯލްޑިވްސް ޕޯޓރޓް ލިމިޓެޑް ( އެމްޕީއެލް ) އިން ކްލިއަރކޮށްފިއެވެ.

އެމްޕީއެލް އިން ވަނީ މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކްލިއަރ ކުރާ ކޮންޓެއިނަރ ތަކުގެ ތަފްޞީލް އާއްމުކޮށްފައެވެ. ރަމަޟާން މަހަށް ހާއްޞަކޮށްގެން ގެންނަ މުދާތަކުގެ ތެރޭގައި އަވަހަށް ހަލާކުވާ މުދާ ފަސޭހައިން ކްލިއަރ ކްރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ގިނަ އަދެއްގެ މޭވާ، ތަރުކާރީ އަދި ބިސް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

މުދާ ކްލިއަރ ކުރެވިފައިވާ އަދަދު ( ވިހި ފޫޓްގެ ކޮންޓެއިނަރ )

  • 5 މާރޗް – 205
  • 6 މާރޗް – 224
  • 7 މާރޗް – 101
  • 8 މާރޗް – 114
  • 9 މާރޗް – 179

މިދިޔަ އާދީއްތަ ދުވަހު ކްލިއަރ ކުރެވުނު ކޮންޓެއިނަރ ތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބިހާއި އަލަނާސި ހިމެނެއެވެ. 1946 ދާގީނާ ބިސް ހިމެނޭއިރު 1134 ބަންދުކުރި ދާގީނާގެ އަލަނާސި  ވެސް ހިމެނެއެވެ. މީގެ އިތުރުން ފިޔާ، އަލުވި އަދި ކަރާވެސް އެންމެ ގިނައިން ގެނެވުނު މުދަލުގެ ތެރޭގައި ހިމެނެއެވެ. މީގެ ތެރޭގައި މުޅިންވެސް ހިމެނެނީ މޭވާ އަދި ތަރުކާރީ އާއި ބިހެއެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ހަނޑޫވެސް އާއްދީއްތަ ދުވަހު ކްލިއަރ ކުރެވުނު މުދަލުގައ ހިމެނެއެވެ.

އެއީ ވިހި ފޫޓްގެ 83 ކޮންޓެއިނަރ އަދި ސާޅީސް ފޫޓްގެ 48 ކޮންޓެއިނަރ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު