Tuesday, November 10
ފެބްރުއަރީ މަހު މީރާއަށް 2.4 ބިލިއަން ރުފިޔާ

މި ނިމުނު ފެބްރުއަރީ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2.4 މިލިއަން ރުފިޔާ ބަލައިގަންފިއެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 5.4 ޕަސެންޓް އިތުރު އަދި މި އަހަރުގެ ފެބްރުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 5.1 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ބަލައިގަންނަން ފެށުމާއި، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުސްގެ އާމްދަނީ އިތުރުވުންކަމަށެވެ. މީގެ އިތުރުން ކުުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކްސްގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން ފެބުރުވަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކުރުމުން ވެސް މިދިޔަ މަހު ބަލައިގަތް އާމްދަނީ އިތުރުވި ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

މީރާއަށް ފެބްރުއަރީ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި ފެބްރުއަރީ މަހު 1.23 ބިލިއަން ރުފިޔާ ބަލައިގަތްއިރު އެއީ ޖުމްލަ އާމްދަނީގެ 49.8 ޕަސެންޓެވެ.

އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ މަހު 401.4 މިލިއަން ރުފިޔާ ބަލައިގަތްއިރު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 307.2 މިލިއަން ރުފިޔާ ވަނީ ބަލައިގަނެފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު