މާލެއިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ނ. މަނަދޫ، ރީޙުއްޞަބާ، ޢަބްދުﷲ ޝިހާދު (37 އަހަރު) ކަމަށެވެ.
މިގޮތުން 2025 މާރިޗު 08 ވަނަ ދުވަހުގެ 16:51 އިން ފެށިގެން އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް 2025 މާރިޗު 10 ވަނަ ދުވަހުގެ 20:05 އެހައިކަންހާއިރު ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އަދި ޢަބްދުﷲ ޝިހާދު ދިރިއުޅެނީ މާލޭގައިކަމަށާއި އޭނާގެ ފޯނަށްވެސް ނުގުޅޭ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ޢަބްދުﷲ ޝިހާދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.
މި ލިޔުން ކިޔާލުމުން