ފުލުހުންނާއި ސިފައިން ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތައް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.
މިގޮތުން މިހާތަނަށް އެނގިފައިވާ ގޮތުން ފުލުހުން ވަނީ ގަލޮޅު ދަނޑު ސަރަހައްދުގައި ހުރި ގެއަކާއި، ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއެއްގެ އިތުރުން ޝަބްނަމް މަގުގައި ހުރި ގެއެއްވެސް ބަލައި ފާސްކޮށްފައެވެ.
ފުލުހުންގެ މި ހަރަކާތްތަކާ ބެހޭގޮތުން ފުލުހުންގެ މީޑިއާ ގްރޫޕްގައި ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް، މިހާތަނަށް މިކަމާ ގުޅޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މާލެ ސަރަހައްދުގައި މިރޭ ގައުމީ ސަލާމަތާ ގުޅުން ހުރި އޮޕަރޭޝަނެއް ކުރިއަށްދާނެ ކަމަށް ފުލުހުން މިރޭ ނެރުނު ބަޔާން ވަނީ ފަހުން ބާތިލުކޮށްފައެވެ.
ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކޮށް ފޭސްބުކް އެކައުންޓު މެދުވެރިކޮށް ހިއްސާ ކުރި ޕޯސްޓު ވަގުތީ ގޮޮތުން ޑިލީޓްކޮށްފައިވާ ކަމަށާއި އަދި އެ ބަޔާނުގައިވާ މަޢުލޫމާތު ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެކްސްގައި ކުރިން ހިއްސާކުރި ބަޔާން ވަގުތީ ގޮތުން ވަނީ ނަގާފައި. ކަމާގުޅޭ ތަންކޮޅެއް ސެންސިޓިވް ތަފްސީލުތައް ޔަގީންކުރުމުގެ މަސައްކަތް ކަށަވަރުކޮށް އިތުރު އަދާހަމަަތައް މީޑިއާއާ ހިއްސާކުރާނެ،" ފުލުހުން ބުނެފައިވެއެވެ.
ކެންސަލްކުރި ބަޔާނުގައި ފުލުހުން ބުނެފައިވަނީ މިއީ "ދިވެހި ފުލުހުންގެ ހިދުމަތާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް" ކަމަށެވެ. އަދި މި އޮޕަރޭޝަނާ ގުޅޭ މަޢުލޫމާތު ލިބޭ މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށްވެސް އޭރު ފުލުހުން ވަނީ ބުނެފައެވެ
މި ލިޔުން ކިޔާލުމުން