Saturday, October 31
މިދިޔަ ސަރުކާރުން ނަގާފައި އޮތް 100 މިލިއަން ރުފިޔާގެ ލޯނު ދައްކައި ނިންމައިފި

ނިމިދިޔަ އެމްޑީޕީ ސަރުކާރުން 2022 ވަނަ އަހަރު ކާގިލް ފައިނޭންޝަލް ސަރވިސް އިންޓަނޭޝަނަލްއިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނު ދައްކާ ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކޮށްފިއެވެ. މި ލޯނަކީ ބަޖެޓް ސަޕޯޓުގެ ގޮތުގައި 7.15 އިންސައްތައިގެ އިންޓަރެސްޓް ރޭޓެއްގައި، 3 އަހަރު ދުވަހުގެ މުއްދަތަށް ނަގާފައިވާ ލޯނެކެވެ.

ފިނޭންސް މިނިސްޓްރީން ދެއްވި މައުލޫމާތުގައިވާ ގޮތުން، މި ލޯނު އަނބުރާ ދެއްކުމުގައި އިންޓަރެސްޓްގެ ގޮތުގައި އިތުރު 26 މިލިއަން ޑޮލަރު ދައްކަންޖެހުނެވެ. މިއާއެކު ޖުމްލަ 126 މިލިއަން ޑޮލަރު ދައުލަތުން ދައްކާފައިވެއެވެ.

ނިމިދިޔަ ސަރުކާރުގެ މާލީ ސިޔާސަތުތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ފާހަގަކުރެއްވި ގޮތުގައި، ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ނަމުގައި އެތައް ބިލިއަން ރުފިޔާއެއްގެ ލޯނު ނަގާފައިވާއިރު، އޭގެ ގިނަ މަޝްރޫޢުތައް ވަނީ ނުނިމި ނުވަތަ މަޑުޖެހިފައެވެ. މީގެ އިތުރުން ރާއްޖޭގެ ކުންފުނިތަކަށް ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދައްކާ އޮތްކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

އަލަށް އައި ބަދަލާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ހަރުދަނާ މާލީ ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފައެވެ. އަދި އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް މަސައްކަތްކުރަމުންދާކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުން އުންމީދުކުރާ ގޮތުގައި މިއަހަރަކީ އިޤްތިޞާދީ ގޮތުން ރާއްޖެއަށް ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް ފާގަތިކަން ލިބިގެންދާނެ އަހަރެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު