Saturday, October 31
ރާއްޖެއިން ޣައްޒާއަށް ހަދިޔާކުރާ މަސްދަޅުތަކުގެ ފުރަތަމަ ޝިޕްމަންޓު އެސިޓީއަށް އެތެރެކޮށްފި

އިސްރާއީލުގެ އަނިޔާވެރި ހަމަލާތަކުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް ރާއްޖެއިން ހަދިޔާކުރި މަސްދަޅުތަކުގެ ފުރަތަމަ ޝިޕްމަންޓް ޣައްޒާއަށް އެތެރެކޮށްފައިވާ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު މި މަޢުލޫމާތު ހާމަކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިގޮތުން ރާއްޖެއިން ހަދިޔާކުރި ދެ މިލިއަން މަސްދަޅުގެ ތެރެއިން 374,400 މަސްދަޅު މިސްރުގެ ރެޑް ކްރެސެންޓް މެދުވެރިކޮށް 13 ފެބްރުއަރީ 2024 ގައި ޣައްޒާއަށް ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނީ "ފަލަސްތީނާއެކު ދިވެހީން" ގެ ނަމުގައި ޓެލެތޯނެއް ވެސް ބާއްވާފައެވެ. މި ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާ ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އަށް ޖަމާކޮށްދީފައެވެ.

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ދިވެހި ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު