Monday, November 2
އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުން ޝިޔާމް ވަކިކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުގައި ހުންނެވި ގއ. ދެއްވަދޫ، އޯޝަންރީޑް، ޝިޔާމް އިބްރާހިމް މިއަދު އެ މަޤާމުން ވަކިކޮށްފިއެވެ.

މި މަޢުލޫމާތު ހާމަކޮށްފައިވަނީ ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ. އެ ބޯޑުން ސޯޝަލް މީޑިއާގައި ޙިއްޞާކުރި ޕޯސްޓެއްގައި ޝިޔާމް އިބްރާހިމް މަޤާމުން ވަކިކުރި ކަން އިޢުލާންކޮށްފައިވެއެވެ.

އެމްޕީއެލްގެ އިސް މަޤާމުތަކަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން، ދާދި ފަހުން ވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ވަޖީހު އިބްރާހީމްވެސް އެ މަޤާމުން ވަކިކޮށްފައެވެ. އޭނާގެ ބަދަލުގައި އެ މަޤާމަށް ހ. ހަބަރުގެ، މުޙައްމަދު ރިޝްވާން ވަނީ އައްޔަންކޮށްފައެވެ.

އެމްޕީއެލްއަކީ ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ހިންގާ ދައުލަތުގެ އެންމެ މުހިންމު އެއް ކުންފުންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު