ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްޓީސީސީގެ ފަރާތުން ޚާއްސަ ޑިނަރ ނައިޓެއް ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ފައްޓަވައި ދެއްވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ރިޓަޔަރޑް ޑީސީޕީ އަޙްމަދު ސަޢުދީ ވަނީ އެ ކުންފުނީގެ އަންހެން މުވައްޒަފުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތަކަށް ހިތްވަރަށް ސާބަހާއި ޝުކުރު އަދާ ކުރައްވާފައެވެ.
މި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖެނެރަލް މެނޭޖަރ ފާޠިމަތު ޖަބީން ވަނީ މުވައްޒަފުންގެ ޕްރޮފެޝަނަލް ކުރިއެރުމަށް ބާރު އަޅުއްވާ ވާހަކަފުޅުތަކެއް ދައްކަވާފައެވެ.
މި ރަސްމިއްޔާތު ނިންމާލެވުނީ ލަކީ ޑްރޯއެއް ބާއްވައި، އެ ޑްރޯ އިން ހޮވުނު ފަރާތްތަކަށް ޚާއްސަ ހަދިޔާތަކެއް ދިނުމަށްފަހުގައެވެ.
މި ލިޔުން ކިޔާލުމުން