Monday, November 2
ގޭސްފުޅިއެއް ވަގަށް ނަގައިގެން ދަނިކޮށް ޒުވާނަކު ހައްޔަރު ކޮށްފި

މާލޭގައި ގޭސް ފުޅިއެއް ވަގަށް ނެގި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ގއ. ކޮލަމާފުށި، ވެށި، އަހްމަދު ޝިފާޒު (36 އަހަރު) އެވެ.

ފުލުހުން ބުނީ، ޝިފާޒު ހައްޔަރުކޮށްފައިވަނީ ގޭސް ފުޅިއެއް ހިފައިގެން ދަނިކޮށް ފެނުމާ ގުޅިގެން ހުއްޓުވައި ސުވާލުކުރުމަށް ފަހުގައި ކަމަށެވެ. ފުލުހުން ކުރި ސުވާލުތަކަށް ޝިފާޒު ޖަވާބުދިން ގޮތުގައި، އެއީ ޕޭމަންޓް މަތީގައި ބަހައްޓާފައި ހުރި ގޭސް ފުޅިއެއް ކަމަށާއި، އެ ފުޅި ވިއްކާލުމަށްޓަކައި ހިފައިގެން ދަނީ ކަމަށް ބުނެފައިވެއެވެ.

ފުލުހުންގެ ބަންދު އަމުރުގައިވާ ގޮތުން، އެ ގޭސް ފުޅިއަކީ ވަގަށް ނަގާފައިވާ އެއްޗެކެވެ. މި މައްސަލައިގައި ޝިފާޒު 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ފުލުހުންގެ ރެކޯޑުތަކުން ދައްކާގޮތުގައި، ޝިފާޒަކީ މީގެ ކުރިން އެކި ބާވަތުގެ ކުށްތަކުގެ ތުހުމަތުގައި 25 ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ.

ފުލުހުން ދަނީ  މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު