Monday, November 2
ސީއެސްސީގެ ނައިބުރައީސް މަގާމުން ވަކިކުރުމުގެ މަރުހަލާ ފަށަން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށުމަށް ހުށަހެޅުއްވީ ޕީއެންސީ ޕީޖީގެ ނައިބު ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ. ކޮމިޓީގެ މުގައްރިރު، މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ ވިދާޅުވި ގޮތުގައި މި ހުށަހެޅުމަށް އިއުތިރާޒުކުރެއްވީ ހަމައެކަނި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ.

ނަމަވެސް މި މައްސަލައިގައި ކުރެވޭ ތުހުމަތުތަކާއި ތަފްސީލުތައް ހާމަކުރުމަކާ ނުލައި، މެންބަރުން މަޝްވަރާކުރެއްވީ ނުރަސްމީކޮށް މައިކް އޮފްކޮށްލައިގެންނެވެ. ކޮމިޓީގެ މެންބަރަކު ވަނީ މިއީ ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރުމާ ގުޅޭ މައްސަލައެއްކަން ކަށަވަރުކޮށްދެއްވާފައެވެ.

އިބްރާހިމް ރަޝީދަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސިވިލް ސަރވިސް ކޮމިޝަނަށް އައްޔަންކުރެވުނު ބޭފުޅެކެވެ. މިހާރު އޭނާ މަގާމުން ވަކިކުރުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ކޮމިޓީން ނިންމާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި މައްސަލައިގެ އިތުރު ތަފްސީލުތައް ހާމަވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު