Monday, November 2
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

މި މަޤާމަށް ކުރިމަތިލުމަށް ދީފައިވަނީ ދެ ދުވަހުގެ މުއްދަތެކެވެ.އެއީ މި ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމް ހުސްވެ އެ މަޤާމަށް  ކުރިމަތިލުމަށް ހުޅުވާލާފައިމިވަނީ އެކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ޙުސްނުއްސުޢޫދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ އޭނާ އިސްތިއުފާ ދެއްވީ މިމަހުގެ 4 ވަނަ ދުވަހުއެވެ.  ސުޢޫދު އިސްތިއުފާދެއްވާފައިވަނީ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށުމުންނެވެ.

ފަނޑިޔާރު ކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތުގައި ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުމުގެ އިތުރުން އުމުރުން 35 އަހަރު ވެފައިވާން ޖެހޭކަމަށް ޝަރުޠުތަކުގެ ތެރޭގައި ހިމެނެއެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒުމިރަލްދާ ޒާހިރާއި، މާހާރު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއްވެސް މިހާރުވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު