Saturday, October 31
36 ރަށެއްގެ ސިއްހީ މަރުކަޒު ހަދަން މި މަހު ހަވާލުކުރަނީ

ރާއްޖޭގެ 36 ރަށެއްގައި އަލަށް ހަދާ ސިއްހީ މަރުކަޒުތައް އިމާރާތްކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކުރަން ހެލްތު މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ.

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޤާސިމް ވިދާޅުވީ 65 ރަށެއްގެ ސިއްހީ ޚިދުމަތްދޭ އިމާރާތްތަކުގެ މަސައްކަތް މި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 36 ރަށެއްގެ ޞިއްޙީ މަރުކަޒު ހެދުމާއި 29 ރަށެއްގެ ހޮސްޕީޓަލްގެ މަސައްކަތެވެ.

މީގެ ތެރޭގައި ބައެއް ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޖާގަ ބޮޑުކުރުމަށް ހަދާ އިމާރާތް ހިމެނެއެވެ.

މީގެ އިތުރުން ތިން ހޮސްޕިޓަލެއް ޓާރޝަރީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް އަހްމަދު ޤާސިމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅުތަކުގައި ޑަޔަލިސިސް ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ހަތަރު ވަރަކަށް މަސްތެރޭގައި ހުރިހާ އަތޮޅެއްގައި ޑަޔަލިސިސް ގެ ހިދުމަތް ދޭން ފެށޭނެ ކަމަށްވެސް ސްޓޭޓް މިނިސްޓަރ އަހްމަދު ޤާސިމް ވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާ ދާދި ފަހުން ދ އަދި ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ ގިނަ ރަށްރަށުގެ ޞިއްޙީ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި އައި ޞީއްޙީ މަރުކަޒު އިމާރާތްކޮށްދެއްވާނެ ކަމަށް ވަނީ ވަޢުދުވެވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު