Friday, November 13
އިޒްރޭލްގެ ޕާސްޕޯޓް މަނާކުރެވޭނީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކޮށްގެން: ފޮރިން މިނިސްޓަރ

އިސްރާއީލު ޕާސްޕޯޓް މަނާކުރެވެނީ އިމިގްރޭޝަންގެ ޤާނޫނަށް މިހާރު ހުށާހަޅާފައިވާ އިސްލާހު ގެނެސް ފާސްވުމުން ކަމަށް  ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް މިނިސްޓަރ  މިއަދު ވަނީ މަޖިލީހަށް ލިޔުމުން ޖަވާބު ދެއްވާފައެވެ.

މެމްބަރު ވަނީ ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމުކުރުމާއި ޤާއިމުކޮށްފައި އޮތް ސިޔާސީ ގުޅުން ކަނޑާލުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީ، ރައީސުލްޖުމްހޫރިއްޔާގެ ނިންމުންތައް ތަންފީޒު ކުރުމަކީ މިނިސްޓަރުގެ މައްސޫލިއްޔަތެއް ކަމަށްވީނަމަވެސް އިސްރާއިލް ޕާސްޕޯޓާއެކު ރާއްޖެއަށް އެތެރެވުން މަނާކުރުމަށް 2 ޖޫން 2024 ގައި ނިންމި ނިންމުން އަދިވެސް ތަންފީޒު ނުވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އަށް އެތެރެވުން މަނާކުރުމަށް ވަޒީރުންގެ މަޖިލީހުން 2 ޖޫން 2024 ގައި ރައީސުލްޖުމްހޫރިއްޔާ ނިންމެވި ކަމަށާއި އެ ނިންމުން ތަންފީޒު ކުރެއްވުމަށްޓަކައި އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެންނަންޖެހޭކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ އެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުގެ ކަމާއި ގުޅުން ހުރި ކޮމެޓީން ދިރާސާ ކުރުމުގެ މަރުހަލާގައި ވާކަމަށެވެ.

އެ އިސްލާހު ޤާނޫނަކަށްވުމުން އިސްރާއީލުގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުން ތަންފީޒު ކުރަން މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އިސްރާއިލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ސަރުކާރުން ކުށްވެރިކޮށް އެފަދަ ކަންކަން ހުއްޓާލުމަށް ބައިނަލްއަޤްވާމީ ސަމާލުކަން ގެނެސް އެކި އެކި ފޯރަމްތަކުގައި އިސްލާމީ ޤައުމުތަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ އަންނަ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު