ދެކުނު ތިން ރަށެއްގެ މަގު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން މިއަދު ހާމަކުރި ގޮތުގައި އެ ކުންފުނިން ދަނީ ލ. ގަމާއި، ގއ. ކޮލަމާފުށީގެ އިތުރުން އެ އަތޮޅު ވިލިނގިލީގައިވެސް މަސައްކަތް ކުރަމުންނެވެ.
ސައުތު ރީޖަންގެ ރަށްތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން މިވަގުތު ހިންގަމުންގެންދާ މަސައްކަތްތައް.#TeamRDC pic.twitter.com/JkzwEKt8Io
— Road Development Corporation Ltd (@rdcmaldives) March 10, 2025
މިގޮތުން ލ. ގަން ފޭސް 2 މަޝްރޫޢުގެ ދަށުން، އެ ރަށު އިޖުތިމާޢީ ހިނގުމުގައި ސްޓޯމްވޯޓަރ ޖަންކްޝަނެއް ބެހެއްޓުމާއި، ބޮޑުތަކުރުފާނު މަގުގައި މަގު އެއްވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާރްޑީސީން ހާމަކުރެއެވެ.
މީގެ އިތުރުން ގއ. ކޮލަމާފުށީ އަމީނީމަގުގައި ދުވާރުގެ މަސައްކަތާއި ޗާންދަނީ މަގުގައި މަގު އެއްވަރު ކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
އަދި ގއ. ވިލިނގިލީ ފޭސް 2 ގައި މޫސާ މަގުގައި ކާބްސްޓޯން ޖެހުމާއި، ބަރާސީލު މަގުގައި ދުވާރުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އާރްޑީސީން ހާމަކުރެއެވެ.
އާރުޑީސީން ދަނީ ދެކުނުގެ ހަ ރަށެއްގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގަމުންނެވެ. އެއީ ތ. ތިމަރަފުއްޓާއި، ލ. ގަން ފޭސް 2 އާއި، ގއ. ކޮލަމާފުއްޓާއި، ގއ. ވިލިނގިލި ފޭސް 2 ގެ އިތުރުން ގދ. ތިނަދޫ ފޭސް 2 އަދި ގދ. ގައްދޫ އެވެ.
މި ލިޔުން ކިޔާލުމުން