ރޯދަ ވީއްލާ ގަޑިއަށް ސޭންޑްވިޗް އެއީ ބައެއް މީހުންނަށް ވަރަށް މީރު އެއްޗެކެވެ. މިއަދު މިގެނެސްދެނީ ވަރަށް މީރު ސޭންޑްވިޗެކެވެ. މި ސޭންޑްވިޗް ބޭނުން ނަމަ ބްރައުންބްރެޑް ގައި ވެސް ހެދިދާނެއެވެ.
ބޭނުންވާ ތަކެތި:
- 1 ދަޅު ފެލިވަރު މަސް
- 1 ޖޮޑް ފްރެންޗް ފްރައިސް
- 1 ފިޔާ
- ކުޅިރަހަލާ ވަރަށް މިރުސް
- 1 ލުނބޯ
- އަސޭމިރުސް
- 4 ޗީޒް ފޮތި
- 1 ޓޮމާޓޯ
- 8 ފޮތި ޕާން
ތައްޔާރުކުރާނެ ގޮތް
ފިޔާ، މިރުސް، ލުނބޯ، އަސޭމިރުސް އަދި ޓޯމަޓޯ އާއި ލޮނު އަޅައިގެން ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށްފަހު ޗީޒް އަދި ޓޫނާ އަޅާ މިކްސްކޮށްލާށެވެ. އެއަށްފަހު ޕާން ފޮތީގެ އެއް ފަޅީގައި މަސްގަނޑު ފަތުރާލާށެވެ. އެއަށްފަހު ފްރައިސް އަޅާ އަނެއް ޕާންފޮތި އޭގެ މަތީ ބާއްވާ ރަނގަޅަށް ފިއްތާ ބާރުކޮށްލާށެވެ. އެއަށްފަހު ކުޑަ ބަޓަރުކޮޅެއް ހާނުވަތަ ތެޔފޮދެއް ހާކާފައި ތަވާ މަތީގައި މަޑުގިނީގައި ޓޯސްޓްކޮށްލާށެވެ.
ސެލެޑް ކޮޅަކާއި ޖޫސްތައްޓަކާއި އެކު ރޯދަ ވީއްލާ ގަޑިއަށް ކާން ވަރަށް މީރުވާނެއެވެ.
މި ލިޔުން ކިޔާލުމުން