Saturday, October 31
32 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމްކުރުމަށް ވެމްކޯއާ ހަވާލުކޮށްފި

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ރާއްޖޭގެ 32 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ މިއަދު ހަވާލުކޮށްފިއެވެ.

މިދިޔަ ފެބުރުވަރީ މަހުގެ ތެރޭގައިވެސް ދެ ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒު ޤާއިމްކުރުމަށް ވެމްކޯއާ ވަނީ ހަވާލުކޮށްފައެވެ. އެހެންކަމުން މިއަދު ހަވާލުކުރެވުނު 32 ރަށާއެކު ޖުމުލަ 34 ރަށެއްގައި ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ މަސައްކަތް ވެމްކޯއިން ކުރިއަށްގެންދާނެއެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މި މަސައްކަތް މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށަކަށް އެކަށޭނެ ކުނި މެނޭޖުކުރާނޭ ނިޒާމާއި ވަސީލަތްތައް ޤާއިމްކޮށްދެއްވާނެކަން އިޢުލާންކުރައްވައިފައެވެ.

އެ ވުޒާރާއިން ހާމަކުރާ ގޮތުގައި އެ ވުޒާރާއިން ހަދާފައިވާ އެސެސްމަންޓްތަކުން ދައްކާގޮތުގައި ރައީސް ޑރ. މުޢިއްޒު އިޢުލާންކުރައްވާފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި، 128 ރަށެއްގައި ކުނި މެނޭޖުކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމްކުރުމަށް ނުވަތަ އަޕްގްރޭޑްކުރަން ޖެހެއެވެ. އަދި ވަރަށް ކައިރި މުސްތަޤުބަލެއްގައި ބާކީ ހުރި ރަށްތަކުގެ މަސައްކަތްވެސް ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމްކުރުމަށް ވެމްކޯއާ މިއަދު ހަވާލުކުރެވުނު ރަށްތައް:

  1. ހއ. ދިއްދޫ
  2. ހއ. ހޯރަފުށި - އަޕްގްރޭޑްކުރުމުގެ މަސައްކަތް
  3. ހއ. އިހަވަންދޫ
  4. ހއ. ވަށަފަރު
  5. ހދ. ކުޅުދުއްފުށި ސިޓީ - އަޕްގްރޭޑްކުރުމުގެ މަސައްކަތް
  6. ކ. ދިއްފުށި
  7. ކ. ގާފަރު
  8. ކ. ގުޅި
  9. މ. މަޑުއްވަރި
  10. މ. ނާލާފުށި
  11. މ. ރަތްމަންދޫ
  12. މ. ވޭވަށް
  13. ފ. ބިލެއްދޫ
  14. ފ. ދަރަނބޫދޫ
  15. ފ. ފީއަލި
  16. ތ. ދިޔަމިގިލި
  17. ތ. ގާދިއްފުށި
  18. ތ. ހިރިލަންދޫ
  19. ތ. ކަނޑޫދޫ
  20. ތ. ވޭމަންޑޫ
  21. ތ. ވިލުފުށި
  22. ލ. ހިތަދޫ - އަޕްގްރޭޑްކުރުމުގެ މަސައްކަތް
  23. ލ. އިސްދޫ - އަޕްގްރޭޑްކުރުމުގެ މަސައްކަތް
  24. ލ. ކަލައިދޫ - އަޕްގްރޭޑްކުރުމުގެ މަސައްކަތް
  25. ލ. ކުނަހަންދޫ - އަޕްގްރޭޑްކުރުމުގެ މަސައްކަތް
  26. ލ. މާބައިދޫ - އަޕްގްރޭޑްކުރުމުގެ މަސައްކަތް
  27. ލ. މާމެންދޫ - އަޕްގްރޭޑްކުރުމުގެ މަސައްކަތް
  28. ލ. މާވަށް - އަޕްގްރޭޑްކުރުމުގެ މަސައްކަތް
  29. ލ. މުންޑޫ - އަޕްގްރޭޑްކުރުމުގެ މަސައްކަތް
  30. ތިނަދޫ ސިޓީ - އަޕްގްރޭޑްކުރުމުގެ މަސައްކަތް
  31. ފުވައްމުލައް ސިޓީ - އަޕްގްރޭޑްކުރުމުގެ މަސައްކަތް
  32. އައްޑޫ ސިޓީ ހުޅުމީދޫ - އަޕްގްރޭޑްކުރުމުގެ މަސައްކަތް

މީގެ އިތުރުން މިދިޔަ ފެބުރުވަރީ މަހުގެ ތެރޭގައި ވަނީ ދ. ހުޅުދެއްޔާއި ދ. މީދޫގައި ކުންޏާއި ވަސީލަތްތައް މެނޭޖުކުރާ މަރުކަޒު ޤާއިމްކުރުމަށް ވެމްކޯއާ ހަވާލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު