އާދިއްތަ, November 1
ފަޒީން ސުލޫކީ މިންގަނޑާއި ހިލާފުވުމުން މައްސަލަ އަލުން ކޮމެޓީއަށް ފޮނުވައިފި

މެންބަރުކަމުގެ ސުލޫކީ މިންގަނޑާ ޚިލާފުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުން އިތުރަށް ބަލައި ދިރާސާކުރުމަށް އަނބުރާ އެ ކޮމެޓީއަށް މަޖިލީހުގެ ތަޅުމުން މިއަދު ފޮނުވައިފިއެވެ.

ކޮމިޓީން މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ފާހަގަކޮށްފައިވަނީ ފަޒީނަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ބްރޯޑްކޮމްގެ މުވައްޒަފުންނާއި އެހެނިހެން މެންބަރުންވެސް ކޮމިޓީއަށް ހާޒިރުކޮށް އެ ތުހުމަތުތަކާމެދު ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވާފައިވާ ކަމަށެވެ.

ފަޒީން އަށް ތުހުމަތު ކުރަނީ އެތަނުގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ.

ކޮމިޓީއަށް ހާޒިރުވި މުވައްޒަފުންގެ ތެރެއިން މުވައްޒަފެއްގެ ގައިގައި އޭނާގެ ނުރުހުމުގައި އަތްލުމާއެކު ކޮމިޝަނުގެ ތެރޭގައި އޭނާއާ ބޭއަދަބީ ބަހުރުވައިން ވާހަކަދައްކާފައިވާކަމަށް އެމުވައްޒަފު ކޮމިޓީގައި ފަޒީނަށް ތުހުމަތުކުރި ކަމުގައި ކޮމިޓީން މިއަދު މަޖިލީހަށް  ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

އެގޮތުން ކޮމިޝަނުގެ ނައިބުރައީސްގެ މަގާމުގައި ހުންނަވައި، ކޮމިޝަނުގެ މުވައްޒަފަކާ ބޭއަދަބީ ބަހުން ވާހަކަދެއްކުމާއި، އަދި އެ މުވައްޒަފު ގައިގަ އަތްލުމަކީ މުޖުތަމައު ގަބޫލުކުރާ އަހުލާގީ މިންގަނޑާއި އަނބުރުވެރިކަމާ ހިލާފު ކަމެއްކަމަށް ކޮމިޓީން ދެކޭތީ އެކަމަކީ މެންބަރުކަމުގެ ސުލޫކީ ހަމަތަކާ ހިލާފު އަމަލެއް މުހައްމަދު ފަޒީނު ކޮށްފައިވާ ހާލަތެއް ކަމުގައި ކޮމެޓީން ވަނީ ނިންމާ އޭނާ ވަކިކުރަން ނިންމާފައެވެ.

އެކަންކަމުގެ މައްޗަށް ބިނާކޮށް ކޮމިޓީން ބުނެފައިވަނީ ފަޒީނު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދިއުމަށް ކޮމިޓީއަށް ފެންނާތީ އެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރިޔާސަތުން އެދިފައެވެ.

އެހެން ކަމުން މިނިވަން މުއްސަސާތަކާއި ބެހޭ ކޮމެޓީން އޭނާ ވަކި ކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު ވަނީ ކޮމެޓީއަށް ފޮނުވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު