Friday, November 13
ހުޅުމާލޭގައި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވާ ދުވަސްވަރާއި ދިމާކޮށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް ހެދުމަށް ސްޓެލްކޯއިން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތެޔޮ ރައްކާކުރާ ޓޭންކުތަކެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީއެވެ. ސްޓޭލްކޯ އިން ބުނީ މިއީ ޕީކް ސީޒަނަށް ތައްޔާރުވުމުގެ އިތުރުން ގްރޭޓާމާލޭ ޕަވަރ ޖެނެރޭޝަން ބެކަޕްގެ ގޮތުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމް ކުރާ ހުޅުމާލެ ޕަވަރހައުސް އެންކްސް 2 ގައި ގާއިމް ކުރާ ޓޭންކްތަކެއް ކަމަށެވެ. މިއީ 80،000 ލީޓަރުގެ ދެ ތެޔޮ ރައްކާކުރެވޭ ނެ ޓޭންކް ތަކެއް ކަމަށް ސްޓެލްކޯ އިން މައުލޫމާތުދެއެވެ. ސްޓޭލްކޯ އިން މިހާރު ވަނީ  ހުޅުމާލޭގައި ވަގުތީ އިންޖީނުގެއެއް އަޅާފައެވެ. މިވަގުތު މާލޭ ސަރަޙައްދުގައި ޕީކް ގަޑީގައި ބޭނުންކުރާ ކަރަންޓު 98 މެގަވޮޓްއަށް އަރާ، ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދު މިއަށްވުރެ އިތުރުވާނެކަމަށް ސްޓެލްކޯއިން ލަފާކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު