Tuesday, November 17
ރޯދަމަހާއި ދިރިއުޅުމުގެ އާދަތަކާ ގުޅޭ އޮންލައިން ސެޝަނެއް ބާއްވަނީ
ރަމަޟާން މަހާ ގުޅިގެން ދިރިއުޅުމުގެ އާދަތަކަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އޮންލައިން ސެޝަނެއް ބާއްވަން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 13 މާރޗް 2025 ވާ ބުރާސްފަތި ދުވަހު 21:30 އިން 22:30 އަށެވެ. ސެޝަނުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދެ ގޮތަކުން ރަޖިސްޓަރ ކުރެވޭނެއެވެ. މިގޮތުން އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރު ކޯޑު ސްކޭން ކުރުމުން ނުވަތަ 7925704 ނަންބަރަށް ނަމާއި އުމުރު ފޮނުވުމުން ރަޖިސްޓްރީކުރެވޭނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު