Saturday, October 31
ފޮރިން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 132

ފޮރިން މިނިސްޓްރީގައި މަސައްކަތްކުރާ ސިޔާސީ މުވައްޒަފުންނާއި ފޮރިން ސަރވިސް މުވައްޒަފުންގެ އަދަދު ހާމަކޮށްފިއެވެ.

މި އަދަދުތައް ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަކަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޖަވާބު އިއްވާފައެވެ.

މިނިސްޓަރ ގެ ޖަވާބުގައި ވިދާޅުވީ، ޖަނަވަރީގެ ނިޔަލަށް މައިމަރުކަޒުގައި ތިބީ 28 ސިޔާސީ މުވައްޒަފުންނާއި، ރާއްޖެއިން ބޭރުގެ މިޝަންތަކުގައި ތިއްބެވި މުވައްޒަފުންނާއެކު ފޮރިން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 132 ކަމަށްވެސް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވިއެވެ.

2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް މިނިސްޓްރީގެ މައި މަރުކަޒުގައި 93 ފޮރިން ސާވިސް މުވައްޒަފުން ތިއްބެވިއިރު، ރާއްޖެއިން ބޭރުގެ މިޝަންތަކުގައި ތިބި 46 މުވައްޒަފުންނާއި އެކު  މިނިސްޓްރީގައި މަސައްކަތްކުރަނީ 139 ފޮރިން ސާވިސް މުވައްޒަފުންނެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މިނިސްޓްރީގެ ފޮރިން ސާވިސް މުވައްޒަފުންގެ ގޮތުގައި 137 މުވައްޒަފުން ތިއްބެވިއެވެ. އެއީ މިނިސްޓްރީގައި މަސައްކަތްކުރި 98 މުވައްޒަފުންނާއި ބޭރުގެ މިޝަންތަކުގައި މަސައްކަތްކުރި 39 މުވައްޒަފުންނެވެ.

އަދި އެ މުއްދަތުގައި މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 18 އެވެ. އަދި މިޝަންތަކުގައި 98 ސިޔާސީ މުވައްޒަފުން ތިއްބެވިއެވެ. އެއާއެކު ޖުމްލަ 116 ސިޔާސީ މުވައްޒަފުން މިނިސްޓްރީގައި ތިބި ކަމަށް މިނިސްޓަރ ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު