Tuesday, November 10
ކުރޫޒްލައިނަރ އަކުން ގިނައަދަދެއްގެ ފަސިންޖަރުންނަށް ކްލިއަރެންސް ދީފި
އެމްއެސް އިންސިގްނިއާ ނަމަކަށް ކިޔާ ކްރޫޒް ލައިނާއަކުން 982 މީހުންނަށް އިމިގްރޭޝަނުން zކްލިއަރެންސް ދީފިއެވެ. އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސީޕޯޓު ޑިވިޝަނުގެ އޮފިސަރުން ކްލިއަރެންސް ދިނުމުގެ މަސައްކަތް މި މަހުގެ އެކަކުން އިއްޔެގެ ނިޔަލަށް ނިންމައި، އިންސިގްނިއާއިން 576 ފަސިންޖަރުންނާއި 406 ކްރޫއިންނަށް ކްލިއަރެންސް ދީފައިވާ ކަމަށެވެ. މި ކްރޫޒް ލައިނާ މާލެ އައީ ސީޝެލްސްގެ ލަ ޑީގުންނެވެ. އައު އަހަރާއި ދިމާކޮށްވެސް ޑިސެންބަރުގައި މާލޭ ބޭރުގައި ދެ ކްރޫޒް ލައިނާއެއް ބަނދަރުކުރިއެވެ. އެ ދެ ކްރޫޒް ލައިނާއިން 4،600އަށްވުރެ ގިނަ ފަތުރުވެރިންނަށް އިމިގްރޭޝަނުން އެ ދަތުރުގައި ކްލިއަރެންސް ދިނެވެ. މިދިޔަ ފެބުރުއަރީ މަހު އައްޑޫ ސިޓީ އަށް ވެސް ކުރޫޒް ލައިނާއަކުން ސަތޭކަ އެއްހާ މީހުން ފޭބިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު