މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ފަޒީން، އެ މަޤާމުން ވަކިކުރުމާ ގުޅޭ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މި މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ މިދިޔަ ބުދަ ދުވަހުއެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މި މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން އިއްތިފާޤުންނެވެ.
ފަޒީންގެ މައްޗަށް ވަނީ ބްރޯޑްކޮމްގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވިފައެވެ. މި މައްސަލައިގައި މިހާތަނަށް ކޮމިޓީން ބޭއްވި ހުރިހާ ބައްދަލުވުމެއްވެސް ސިއްރު ކޮށްފައިވާއިރު، ފަޒީން ވަކިކުރުމާމެދު ގޮތެއް ނިންމުމުގެ ކުރިން، އޭނާއަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަށް ކޮމިޓީން ވަނީ ނިންމައިފައެވެ.
މި ލިޔުން ކިޔާލުމުން