މާލޭގެ އިމާރާތެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ މާފަންނުގައި ހުންނަ "ގުރާބާ ޓުއަރސް އެންޑް ޓްރެވަލްސް" ގައި ކަމަށާއި، އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މާފަންނުގައި ހުންނަ "ގުރާބާ ޓުއަރސް އެންޑް ޓްރެވަލްސް" ގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެއްޖެ. އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުރި އޭސީ އިންޑޯރ ޔުނިޓުގައި ރޯވި އަލިފާން މިހާރު ވަނީ ނިއްވާލާފަ. pic.twitter.com/B7fdaC0TZg
— Maldives National Defence Force (@MNDF_Official) March 9, 2025
މިގޮތުން އަލިފާން ރޯވެފައިވަނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުރި އޭސީ އިންޑޯރ ޔުނިޓުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަދި އެ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.
މި ލިޔުން ކިޔާލުމުން