Monday, November 2
ގާފަރުގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ބަހައްޓައިފި

ކ.ގާފަރުގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ބަހައްޓައި މިހާރު ކޮމިޝަންކޮށް ބޭނުން ކުރަން ފަށައިފިއެވެ.

މިއީ ސްޓެލްކޯއިން މި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

ސްޓެލްކޯއިން މިކަން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މި އައު ޖަނަރޭޓަރު ސެޓް ބެހެއްޓުމާއެކު ގާފަރުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރެވި، ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ކަމަށެވެ.

"މިއާއިއެކު ގާފަރުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރެވި، ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ،" ސްޓެލްކޯ

ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން ދަނީ ގިނަ ރަށްތަކެއްގައި އިތުރު ޖަނަރޭޓަރުތައް ބަހައްޓައި، ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު