މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައިވާ ބަލި މީހުންނަށް ޒިޔާރަތް ކުރެވޭ ވަގުތު މިއަދު އިތުރުކޮށްފިއެވެ. އެގޮތުން ރޯދަމަހުގައި ބަލިމީހުންނަށް ޒިޔާރަތް ކުރެވޭ ގަޑި މިވަނީ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 10:30 އާ ހަމައަށް އިތުރުކޮށްފައެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޑިރެކްޓަރ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް، އެކްސްޕޯސްޓެއްގައި ވިދާޅުވީ ވީ، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެނދުމަތި ކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ރޯދަމަހު ޒިޔާރަތްކުރާ ވަގުތު ހަވީރު 5:00 ން ފެށިގެން ރޭގަނޑު 10:30 އަށް އިތުރު ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. މި ނިންމުން ހިނގާނީ އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލްގައެވެ.
އާންމު ގޮތެއްގައި، އައިޖީއެމްއެޗްގައި ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ ވަގުތު ކަނޑައެޅިފައި އޮންނަނީ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށެވެ. އެހެންނަނަމަވެސް، ދިމާވާ އެކިޙާލަތްތަކާ ގުޅިގެން މިގަޑިތަކަށް ބަދަލުގެންނަ ގޮތަށް، މިރޯދަ މަހު ބަލިމީހުންނަށް ޒިޔާރަތް ކުރާ ވަގުތު މިވަނީ އިތުރުކޮށްފައެވެ.
އައިޖީއެމްއެޗަކީ ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ މީހުން ޚިދުމަތް ހޯދާ ހޮސްޕިޓަލް ކަމަށްވުމާއެކު، މިއީ ގިނަ އާއިލާ، ގާތްތިމާގެ މީހުންނާއި އެކުވެރިރަހުމަތްތެރިންނަށްވެސް އުފާވެރި ހަބަރަކަށް ވެގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން