Monday, November 2
މާލޭ ހުކުރު މިސްކިތް ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުން މުހިންމު: ޔުމްނާ މައުމޫނު

ރާއްޖޭގެ އެންމެ މުހިންމު އާސާރީ ތަންތަނުގެ ތެރެއިން އެއް ތަނަށްވާ މާލޭ ހުކުރު މިސްކިތް ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުން މުހިންމުކަމަށް ކުރީގެ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

ޔުމްނާ މައުމޫނު ވިދާޅުވި ގޮތުގައި، މާލޭ ހުކުރު މިސްކިތުގެ އާބާތުރަފިލުވައި މަރާމާތުކުރުމަށް އިންޑިޔާ ސަރުކާރާއެކު ހިންގުނު މަޝްރޫޢު ހުއްޓިފައި އޮންނަތާ މިހާރު ދޮޅު އަހަރު ދުވަސް ވެއްޖެއެވެ. މި މުއްދަތުގައި އެއްވެސް މަސައްކަތެއް ނުހިނގާކަން ވެސް ޔުމްނާ ފާހަގަކުރެއްވިއެވެ.

"މަޝްރޫޢަށް ބޭނުންވާ ސާމާނުވެސް އޭރު ވަނީ މާލެ ގެނެވިފައި. އަދި ހުކުރު މިސްކިތުގެ އެތެރެ މަރާމާތު ކުރަން ހަދަން ޖެހޭ އެސެސްމެންޓުތައް ވެސް އޭރުވަނީ ހަދާފައި. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު މަސައްކަތް ހުއްޓުނު ގޮތަށް ކުރިޔަކަށް ނުދޭ،" ޔުމްނާ މައުމޫނު ވިދާޅުވިއެވެ.

މިހާރު ހުކުރު މިސްކިތުގެ ހާލަތު ހުރީ ވަރަށް ދެރަކޮށްކަމަށް ޔުމްނާ މައުމޫނު ވަނީ ވިދާޅުވެފައެވެ. އަދި މިސްކިތް ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގެ މި ފަދަ މުހިންމު އާސާރީ ބިނާތައް ރައްކާތެރި ކޮށްގެން މެނުވީ ޤައުމިއްޔަތު ކުރިއެރުވޭނެ ކަމަކަށް އަޅުގަނޑު ނުދެކެން،" ޔުމްނާ މައުމޫނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު