Friday, November 13
ހާފިޒުން ދަސްވެނިވުމުގެ ތާރީހީ ހަފްލާ ރަމަޟާން މަހުގެ 27 ވަނަ ދުވަހު
ދިވެހިރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން ހިތުދަސްކުރައްވާފައިވާ ހާފިޒުން ދަސްވެނިވުމަށް ރަސްމިޔާތެއް ބާއްވާން ނިންމައިފިއެވެ. ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައިވަނީ މި ރަމަޟާން މަހުގެ 27 ވަނަ ދުވަހުއެވެ. މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މި ރަސްމިޔާތުގައި 20 އާއި 25 އާއި ދެމެދުގެ އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށެވެ. މޯލްޑިވްސް ކޮމިފިކޭޝަން އޮތޯރިޓީންވެސް މިހާރު ވަނީ ގުރުއާން ދަސްކުރާ ހާފިޒުންގެ ސަނަދު ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ ލެވެލް 4 ގެ ސެޓްފިކެޓާއި އެއް ލެވެލެގެ ސެޓެފިކެޓެއް ކަމަށް ނިންމާފައެވެ. މީގެ ކުރިން އިސްލާމިކް މިނިސްޓަރ ވަނީ ދަސްވެނިން ގްރަޖުއޭޓްވުމަށް ބޭނުންކުރާނެ ގައުންއެއް ފަރުމާކުރަން ހުޅުވާލާފައެވެ. އެއާއި އެކު ހެޔޮ އެދޭ ފަރާތަކުން ވަނީ އެކަން ހިލޭ ކޮށްދިނުމަށް ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު