Friday, November 13
ފަނޑިޔާރު މަހާޒު ޖޭއެސްސީ އަށް ހާޒިރުވެ ޖަވާބުދާރީވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު ހާޒިރުކޮށްފި އެވެ.

ޖޭއެސްސީން ބަލަމުން ދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް  ފަނޑިޔާރު މަހާޒު ނުފޫޒު ފޯރުވި މައްސަލައެއްކެވެ.

މަހާޒު ކޮމިޝަނަށް މިއަދު ހާޒިރުކުރީ މެންދުރުފަހު އެކެއް ޖެހިއިރު އެވެ.

މަހާޒު ހާޒިރުވީ ގާނޫނީ ވަކީލު ފައިސަލް މުހައްމަދާ އެކު އެވެ. މަހާޒްގެ ވަކީލު ފައިސަލް މީޑިއާތަކަށް މިއަދު ވިދާޅުވީ، ފަނޑިޔާރު މަހާޒު އަށް ތުހުމަތު ކުރާ މައްސަލައަށް އޭނާ ޖަވާބުދާރީވެފައިވާ ކަމަށެވެ.

އަޒްމިރަލްދާ ޖޭއެސްސީ އަށް  ހާޒިރުކުރުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތަކަށެވެ. އަޒުމިރަލްދާގެ ފަރާތުން އޭނާއަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަޑުއެހުން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެދުނު ނަމަވެސް، އާއްމުކޮށް ހުޅުވާލައިގެން ނުގެންދަން ޖޭ.އެސް.ސީން ވަނީ ނިންމާފައެވެ.

ޖޭއެސްސީން ސުލުކީ މައްސަލައެއް ބަލަމުން ދަނިކޮށް ފަނޑިޔާރު ހުސނުއްސުއޫދު އިސްތުއުފާ ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަން ޔާމިން - 2025-03-09T18:17:21

    ބޭރުކުރޭ