Saturday, October 31
އަންގާރަ ދުވަހުން ފެށިގެން މަސްދަޅު ދޫކުރާނީ މިފްކޯ ފިހާރަތަކުން
އަންނަ އަންގާރަ ދުވަހުން ފެށިގެން، ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މި ގޮތަށް މިފްކޯ ފިހާރަތަކުން މަސްދަޅު ދޫކުރަން ނިންމީ މިހާރު ގިނަބޔަކަށް މަސްދަޅު ދޫކުރެވިފައިވާ ކަމަށް ބެލެވޭތީ ކަމަށެވެ. އެގޮތުން މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ ހަތަރު ފިހާރަ ހުޅުވިފައި ހުންނަ ގަޑި ތަކުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނެ ކަމަށް ވެސް މިނިސްޓަރ މިއަދު ސޯޝަލް މިޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް މާޗް 11 ވަނަ ދުވަހުން ފެށިގެން ބަދަލުވީ ނަމަވެސް، ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިން ކަމަށެވެ. އަދި ރޯދަ ހަދިޔާ ބޭނުންވާ ހުރިހާ ފަރާތްތަކަށް ހަދިޔާ ލިބެންދެން ކުރިޔަށް ދާނެ ކަމަށެވެ. މިހާތަނަށް  މާލޭގެ 8 ހާސް ގޭބިސީ އަކަށް މަސްދަޅު ދޫކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު