Saturday, October 31
މާލެ ސަރަޙައްދުގައި 48 ހާސް ގޭބިސީއަށް ރޯދަ ހަދިޔާ ދެވިއްޖެ: އާދަމް ޝަރީފު

 މާލެ ސަރަހައްދުގައި 48 ހާސް ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދީފައިވާ ކަމަށް ސިޓީސް މިނިސްޓަރ ދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މި އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ދަނީ ބަހަމުންނެވެ. ރައްޔިތުންނަށް ފަސޭހައިން ރޯދަ ހަދިޔާ ލިބޭނެ މަގު ތަނަވަސް ކޮށްދިނުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި މަރުކަޒުތައް ގާއިމުކޮށް ޚާއްސަ ނިޒާމެއްގެ ދަށުން ރޯދަ ހަދިޔާ ދަނީ ދޫކުރަމުންނެވެ. އެގޮތުން 13 މަރުކަޒަކުން ރޯދަ ހަދިޔާ ދޫކުރަމުންދެ އެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވީ މިރެއާ މާދަމާ ރޭ ވެސް މިހާރެކޭ އެއްގޮތަށް 13 މަރުކަޒުން ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު