Friday, November 13
ލިސްޓުގައި ނެތް މީހަކަށް ފްލެޓް ނުދެން: ހައުސިން މިނިސްޓްރީ

ނިމިދިޔަ  އެމްޑީޕީގެ ސަރުކާރުގައި އިއުލާންކުރި ފްލެޓް ލިސްޓުގައި ފްލެޓް ލިބޭ މީހުންގެ ގޮތުގައި ކަނޑައަޅާފައި ނެތް މީހަކަށް މި ފަހަރު އާންމުކުރި ލިސްޓުގައި ވެސް ފްލެޓް ދީފައި ނުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ފެބުރުއަރީމަހުގެ ފަހު ހަފްތާގައި އާންމުކުރި ގެދޮރުވެރިޔާ ސްކީމުގެ ފްލެޓް ލިސްޓާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. ބައްދަލުވުމުގައި ފްލެޓް ލިސްޓަށް ބަދަލުގެނެސް އިތުރުބަޔަކަށް ފްލެޓް ދިންކަމާއި އެކު ގިނަ ތުހުމަތުތަކެއް ކުރުމުން، އޭގެ ޖަވާބުގައި މިނިސްޓްރީން ބުނީ އުސޫލާ ހިލާފަށް ފްލެޓް ދީފައި ނުވާނެ ކަމަށެވެ.

މިއަދު އާއްމުކުރި ބަޔާނެއްގައި ހައުސިން މިނިސްޓްރީން ބުނީ އެއްވެސް މީހަކަށް ކުރިން  ހުށަހަޅަން ބުނެފައި އޮތް ލިޔުމެއްގެ އިތުރުން، އެހެން ލިޔުމެއްވެސް ހުށަހެޅުމުގެ ފުރުޞަތު ދީފައި ނުވާނެ ކަމަށެވެ.

މިނިސްޓްރީން ބުނިގޮތުގައި އެ ސްކީމުގެ ދަށުން ދެމަފިރިންނަށް ފްލެޓް ލިބިފައެއް ނުވާނެ އެވެ. ހާއްސަކޮށް އެއް ސްކީމަކުން ދެމަފިރިންނަށް ފްލެޓް ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިހާރު އާންމު ކޮށްފައިވާ ލިސްޓަކީ އެމްޑީޕީގެ ވެރިކަމުގައި އެކުލަވާލި ލިސްޓުގެ ވެރިފިކޭޝަނެއް ކަމަށާއި އެ ލިސްޓުގައި ނުހިމެނޭ މީހެއްގެ ފޯމު ބަލައި، އަދި ލިސްޓަށް އިތުރު ކޮށްފައި ނުވާނެ ކަމަށްވެސް ބަޔާނުގައި ބުނެފައެވެއެވެ.

"އާ އުސޫލެއް ހަދާފައި ނުވާނެ. ވެރިފިކޭޝަންގައި ބަލާފައި ވާނީ ގެދޮރުވެރިން ކޮމިޓީގެ ގައިޑްލައިންގައިވާ ކަންކަމަށް. ބައެއް ކަންކަން އޭގައިވާ މިންވަރަށް ވުރެ ލުއިކޮށް ބަލާފައިވާނީ. އެ ލުއިތައް ވާނީ އާންމުކޮށް އިއުލާންކޮށްފައި'' ހައުސިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ ކުރީ ސަރުކާރުން 2023 ގެ ޓްރާންސިޝަން މަރުހަލާގައި ހުރިހާ ކަމެއް ހޭންޑްއޯވާ ކޮށްފައެއް ނުވާކަމަށެވެ. އޭރު މިނިސްޓްރީން ވަނީ މައުލޫމާތު ދިނުމަށް ދެކޮޅު ހަދައި ވެރިކަން ބަދަލުވާން ދެ ދުވަހަށް ވެފައި އޮއްވައި، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް ނެރެ، އެ މީހުންނާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށާއި އެގޮތަށް އެކަން އޭރު އެ ސަރުކާރުން ކުރީ ވެސް ނުކުރުމަށް އެދިފައިވަނިކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ވެރިފިކޭޝަން މަރުހަލާގައި މީހެއްގެ ފޯމު ނުބައިކޮށް ބެލިފައި އޮތް ނަމަ މިހާރުވެސް ޝަކުވާއަށް ހުޅުވާލާފައިވާ ކަމަށެވެ. ފްލެޓް ލިބޭނީ އެންމެ މަތިން މާކްސް ލިބުނު މީހުންނަށް ކަމަށާއި ވަކި ބަޔަކަށް ފްލެޓްތައް ދިނުމަށް ގިނަ ބަޔަކު ޑިސްކޮލިފައި ކުރީ ކަމަށް ބުނެވެން ނޯންނާނެ ކަމަށެވެ.

މިހާރު ނެރެފައިވާ ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 31 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ކުރީ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ފްލެޓް ލިސްޓް ރިވިއުކޮށް، އެ 4،000 އިން ޝަރުތު ހަމަވާ ކަމަށް މި ސަރުކާރުން ނެރުނު ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު