Friday, November 13
އެޕް މެދުވެރިކޮށް ފެން ބިލް ދައްކައިގެން 3 މީހަކަށް އުމުރާ ދަތުރެއް

ރަމަޟާން  މަހު އެމްޑަބްލިޔު އެސްސީގެ ފެން ބިލް ދައްކައިގެން ތިން ކަސްޓަމަރަކަށް އުމުރާ އަށް ދިއުމުގެ ފުރުޞަތު  އެ ކުންފުނިން ހުޅުވާލައިފިއެވެ.

އެމްޑަބްލިޔު އެސްސީން ބުނީ އެ ކުނފުންޏަށް 30 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން "އެކުވެރި ރޯދަ 30" ގެ ނަމުގައި ކުރިއަށް ގެންދާ ޚާއްޞަ ޕްރޮމޯޝަންގައި އެ ކުންފުނީގެ އެޕް މެދުވެރިކޮށް ބިލް ދައްކާ ފަރާތްތަކުގެ މެދުގައި ކުރިއަށް ގެންދެވޭ ޕްރޮމޮޝަނެއް ކަމަށެވެ. މީގެ ބޭނުމަކީ އެޕަށް މީހުން ހޭލުންތެރިކޮށް އެޕް ބޭނުންކުރާ މީހުން އިތުރުކޮށް ކައުންޓަރަށް އައިސް ބިލް ދެއްކުމުގެ ބަދަލުގައި އެޕް މެދުވެރިކޮށް ބިލް ދެއްކުމަށް މީހުން އަހުލުވެރިކުރުން ކަމަށެވެ.

އެގޮތުން މި ޕްރޮމޮޝަން ކުރިއަށް ދާނީ ޑޮމެސްޓިކް ބިލް ދައްކާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ. ގުރުއަތުގައި ބައިވެރިވެވޭނީ ޕްރޮމޯޝަން މުއްދަތުގައި އެޕް މެދުވެރިކޮށް ބިލް ދައްކާ ފަރާތެއްގެ އިތުރުން، އެ  މުއްދަތުގައި ބިލްގެ މުއްދަތު ހަމަވެފައިވާ އެއްވެސް ބިލަކަށް ފައިސާ ނުދައްކައި ނެތް ކަސްޓަމަރުންނަށް ކަމަށް އެމްޑަބްލިޔު އެސްސީން މައުލޫމާތުދެއެވެ.

ގުރުއަތުން ހޮވޭ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ތެރޭގައި އުމުރާ ދަތުރު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި އުމުރާއަށް ދިއުމަށް އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުޞަތުވެސް ދެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ޕްރޮމޯޝަންގެ މުއްދަތަކީ މިއަހަރުގެ 1 މާރޗުން ފެށިގެން 31 މާރޗް ގެ ނިޔަލަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު