Friday, November 13
ގދ. ގަމުގައި އިންވެސްޓްކުރަން ހުޅުވާލައިފި

ގދ. ގައްދޫގެ އިހްތިސާސްގައި ހިމެނޭ ގދ. ގަމުގައި އިންވެސްޓްމަންޓް ކުރުމުގެ ފުރުސަތު ގައްދޫ ކައުންސިލުން ހުޅުވާލައިފި އެވެ.

ގައްދޫ ކައުންސިލް އިދާރާއިން ކުރި އިއުލާނުގައި ވަނީ ގަމުގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

ގދ. ގަމުގައި އިންވެސްޓް ކުރުމަށް ހުޅުވާލާފައިވަނީ މަސްވެރިކަން، ފަތުރުވެރިކަން، ދަނޑުވެރިކަން، ރިސާރޗް ދާޢިރާ އަދި މެނިފެކްޗަރިން އާއި ޕްރޮޑަކްޝަން ދާއިރާއެވެ.

އެ ކައުންސިލުން ބުނީ އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތަކަށް ބެލުމަށްފަހު އެފަރާތްތަކަށް ބިޑު ހުށަހެޅުމަށް ފުރުސަތު ދޭނެ ކަމަށެވެ. އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަން ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު