ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަޖުވަދު މުޞްޠަފާ ޢައްޔަންކުރައްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަޖުވަދު ޢައްޔަންކުރައްވައި ލިޔުން ހަވާލުކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، މުޙައްމަދު ނާސިޙެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަލްފާޟިލް އަޖުވަދު މުޞްޠަފާ އައްޔަންކޮށް ލިޔުން ޙަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން pic.twitter.com/aJc231YcoU
— Civil Service Commission of the Maldives (@cscmaldives) March 9, 2025
އަޖުވަދަކީ 19 އޭޕްރީލް 2014 އިން ފެށިގެން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އުވާލަންދެން އެ ވުޒާރާގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ބޭފުޅާއެވެ. އެ ވުޒާރާއާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާ އެއްކޮށްލައްވައި، ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އުފައްދަވާފައިވަނީ 1 ފެބުރުވަރީ 2025 ގައެވެ.
އަޖުވަދަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ސަރީން އެނަރޖީ އިކޮނޮމިކްސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާވަނީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ބޯޑުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވައިފައެވެ.
މި ލިޔުން ކިޔާލުމުން